ޝިފާ މުހައްމަދު

ރަސްރަނި ބަގީޗާގެ ގިނަ ކަންތައްތައް ހަވާލުކޮށްފައި އޮތީ ފުލުޙުންނަށް އިތުރު މުސާރަ ދީގެން: ޝިފާ

ރަސްރަނި ބަގީޗާގެ ގިނަ ކަންތައްތައް ހަވާލުކޮށްފައި އޮތީ ފުލުހުންނަށް އިތުރު މުސާރަ ދީގެން، އަދި ހިތްއެދޭ ކުންފުންޏަކާ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިހެންވިދާޅުވީ ރަސްރަނި ބަގީޗާގެ މަސްފެންގަނޑުގެ ހާލަތު ވަރަށް ދަށްކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.

މުއިއްޒުއަށް ރައްދުދެއްވައި ޝިފާގެ ޓުވީޓުގައި ވަނީ ތިޔަ އުޅުއްވަނީ އަމިއްލަ ފައިދާއަށް ކުރިންދިން ކުންފުންޏަށް ފައިސާ ނުދީގެންތޯ ސުވާލު އުފައްދަވައިފައެވެ. އަދި ހަތަރު ބުރީގެ ގޮތް ނޭނގޭ އިމާރާތުގެ ވާހަކަ ކޮބައިތޯ ވެސް ޝިފާ ސުވާލު އުފެއްދެވިއެވެ.

ޝިފާގެ މިޓުވީޓާއި ގުޅިގެން މުއިއްޒުކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހަގީގަތާ ހިލާފު ވާހަކަދައްކައިގެން ތިމާމެންގެ ނާގާބިލުކަން ފޮރުވޭނެތޯ ސުވާލު އުފައްދަވައިފައެވެ.